އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރުވުމުގެ ފުރުސަތު މިއަދުން ފެށ...

15 May 2018 | 07:23

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރުވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފޯމު އެ ޕާޓީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާ ފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝިދެވެ. އެމަނިކުފާނު ވަނީ އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ކެމްޕެއިން ވައްޓަވާފައިއެވެ.

މިދިޔަ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގަވެސް ކުރިމަތިލެއްވީ އެމަނިކުފާނު އެކަންޏެވެ. އެހެންވެ ޕްރައިމަރީ އަކައި ނުލާ އެފަހަރު އެމަނިކުފާނަށް ވަނީ ޓިކެޓު ދީފަ އެވެ.

އެކަމަކު މިފަހަރު ޕްރައިމަރީ ކާމިޔާބު ވިޔަސް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އެވެ. އެކަމަކު ރައީސް ނަޝީދާއި އދ. އިން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވެންޖެހޭ ކަމަށް ބުނެފައި އެވެ.

އޭގެ ރައްދުގައި ސަރުކާރުން ބުނެފައިވަނީ އެ ފުރުސަތު ނަޝީދަށް ދޭން ގާނޫނު ތަން ނުދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް