ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފްގެ މައްސަލައެއް ބެލުމަށް ފަހު އޭނާ ވަޒީފާއިން ވަކިކޮށްފި އެވެ.
ފުލުހުންގެ ވަޒީފާއިން މަންނާން ވަކި ކުރި އިރު ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމުގައި ހުންނަވަނިކޮށް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެ ބޯޑުން ބަލަމުން ދިޔަ މައްސަލައިގަ މަންނާން ވަނީ ސަސްޕެންޑުކޮށްފައި އެވެ. އިއްޔެ އޭނާ ވަޒީފާއިން ވަކި ކުރި އިރުވެސް ހުންނެވީ ސަސްޕެންޝަންގައި އެވެ.
އެކަމަކު އޭނާ އާއި ގުޅޭގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންނާނާ މެދު އެ ފިޔަވަޅު އެޅީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ބަދަލުތަކެއް ގެނެސް ނިންމި ނިންމުމަކަށް ފަހު އެވެ. އެ ބޯޑަށް ބަދަލު ގެނެސް އަލަށް އައްޔަންކޮށްފައިވަނީ ޗީފް ސުޕްރިޑެންޓަންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޗީފް ސުޕްރިޑެންޓަންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދެވެ.
މިދިޔަ މަހު ވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް(ޑީޑީ) ވެސް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް