މަރާމާތަށް ފަހު އިއްޒުއްދީން މަގު ހުޅުވައިފި

މާލޭ އިއްޒުއްދީން މަގު މަރާމާތު ކުރުމަށް ފަހު އާންމުންނަށް ހުޅުވާލައިފި އެވެ. ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވަނީ ޓުވީޓާ މެދުވެރިކޮށް އެކަން ޔަގީންކޮށްދެއްވާފައި އެވެ. އިއްޒުއްދީން މަގު ޒަމާ...

15 May 2018 | 06:36

މާލޭ އިއްޒުއްދީން މަގު މަރާމާތު ކުރުމަށް ފަހު އާންމުންނަށް ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވަނީ ޓުވީޓާ މެދުވެރިކޮށް އެކަން ޔަގީންކޮށްދެއްވާފައި އެވެ. އިއްޒުއްދީން މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

ތަރައްގީކޮށް އަލުން މަގު ހުޅުވި އިރު އެ މަގުގައި ވަނީ ތާރު އަޅައި އިތުރަށް ފުޅާކޮށްފައި އެވެ. އާންމުކޮށް މުދާ އުފުލާ ބަރު އުޅަނދު ފަހަރު ދުއްވާ އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅުނު ހިސާބުން މާލޭ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ވަނީ ތާރު އަޅާފައި އެވެ.

މި މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކުުރީ އެމްޓީސީސީ އާއި އެވެ. މިމަސައްކަތް ނިންމާފައި މިވަނީ ކަނޑައެޅި ތާރީހަށްވުރެ ފަހުންނެވެ.

އެމްޓީސީސީން ބުނީ މަސައްކަތް ލަސްވީ އެ ސަރަހައްދުގައި ހުރި ބައެއް ޖަންކްޝަންތަކާއި ބައެއް ކަރަންޓް ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދަން ޖެހުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް