ގްރޭޑް އެކެއްގެ 2436 ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގެންފި

ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ކުދިންގެ ހެލްތް ސްކްރީން ކުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު 2436 ކުދިންގެ ސިއްސީ ހާލަތު ދެނެގަނެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ މިއަހަރު...

15 May 2018 | 04:12

ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ކުދިންގެ ހެލްތް ސްކްރީން ކުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު 2436 ކުދިންގެ ސިއްސީ ހާލަތު ދެނެގަނެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރު ޕްރޮގްރާމް ނިންމާލި އިރު 18 ސްކޫލަކަށް ޒިޔާރަތް ކުރި ކަމަށެވެ. އަދި ސްކްރީން ކުރި ދަރިވަރުންގެ ބަރުދަނާއި އަޑުއިވުމާއި ލޮލުގެ ފެނުމުގެ އިތުރުން، އަނގައިގެ މައްސަލަތައް ބަލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ހެލްތު ސްކުރީންކުރުން ކުރިއަށްގެންދިޔައީ އަމީނިއްޔާ ސްކޫލް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަރަބިއްޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ޣާޒީ ސްކޫލް، ޣިޔާސުއްދިން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ކެންގަރޫ ކިޑްސް، މުހިއްޔިއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް، އަދި ތާޖުއްދީން ސްކޫލް ކަމުގައެވެ.

މީގެ ތެރެއިން ދަރުމަވަންތަ ސްކޫލާއި، ޣާޒީ ސްކޫލްއާއި، ހިރިޔާ ސްކޫލާއި، މުހިއްދީން ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން، ތާޖުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ %100 އިންސައްތަ ދަރިވަރުންގެ ހެލްތު ސްކްރީން ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޕްރޮގްރާމަކީ ސްކޫލްތަކުގެ ގްރޭޑު އެކެއްގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތު ސްރީން ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސެނަހިޔަގެ ޑޮކްޓަރުންނާއި ޞިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނާއި ސެނަހިޔާގެ އާންމު މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް