މާ ބާރަށް ނޭފަތް ފޮޅުމުން ނުވަތަ ފިނި ގަދަވެގެން ނޭފަތުން ލޭއަންނަ މީހުން އުޅެ އެވެ. މިއީ ބައެއް މީހުންނަށް ދިމާވެފައިވާ ސިއްހީ މައްސަލައެކެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނޭފަތުން އާންމުކޮށް ލޭ އަންނާނީ ރޯގާ ޖެހި އެލާޖިކެއް ވެފައި ހުއްޓަ މާ ބާރަށް ނޭފަތަށް ފޮޅާލުމަށް ފިއްތާލެވޭތީ އެވެ. ނުވަތަ އަބަދު ނޭފަތް ހިރުވާނަމަވެސް ނޭފަތުން ލޭ އަންނަން ފަށާފާނެ އެވެ.
ފިނި ގަދަ ދުވަސް ވަރެއްގައި ނޭފަތުގެ އެތެރެ މާބޮޑަށް ހިކުމުންވެސް ނޭފަތުން ލޭ އަންނަ ގޮތް ދިމާވެ އެވެ. އެއީ ނޭވާލާ ނިޒާމާ ގުޅިފައިވާ ޓިޝޫތަކަށް އޭގެ އަސަރު ކުރުމުންނެވެ.
މީގެ އިތުރުން ނޭފަތަށް ދިމާވާ ބައެއް ސިއްހީ މައްސަލަތަކާއި ގުޅިގެން ދޭ ސްޕްރޭ އާ ބޭހުގެ ސަބަބުންވެސް ނޭފަތުން ލޭއަންނަ މީހުން އުޅެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ނޭފަތުން ލޭ އަންނަ ނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ލޭ އަންނަން ފެށުމުން އޭގެ ކުރިން 10 މިނެޓާއި 15 މިނެޓު ވަންދެން ނޭފަތުގެ މަޑު ބައިގަ ބާރަށް ފިއްތާލައިގެން އިންނާށެވެ. އޭރުން ބޭރަށް ލޭ އައުމުގެ ބަދަލުގައި ލޭތަށް އެތެރޭގައި ހިފަހައްޓާލާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް