ބޮލީވުޑްގައި މިއަހަރު ރިލީޒްވާނެ ކަމަށް ބެލެވިފައިވާ އެންމެ ވަރުގަދަ ފިލްމު "ރޭސް 3" 3ޑީ ކޮށް ރިލީޒް ކުރަން ނިންމައިފި އެވެ.
ފިލްމުގެ ޑައިރެކްޓަރާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި "ރޭސް 3" 3ޑީ ކޮށް އަދި 2ޑީ ކޮށްވެސް ރިލީޒް ކުރާނެ އެވެ. މި ދެ ކޮލިޓީގައި ފިލްމު ރިލީޒް ކުރުން ވެގެންދާނީ ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް އުފާވެރިކަން ގެނެސްދޭ ކަމަކަށް ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.
ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ "ރޭސް 3" ގެ މަންޒަރުތައް އިންޑިއާއި އަބޫދާބީގެ އިތުރުން ބައެއް ގައުމުތަކުގައި ނަގާފައިވެ އެވެ. ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު މިއަދުގެ ވަގުތެއްގައި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމު ކުރާނެ އެވެ.
ފުރަތަމަ ޓްރެއިލާވެސް އާންމު ކުރަނީ 3ޑީ ކޮށެވެ.
މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ސަލްމާން ހާން އެވެ. އޭގެ އިތުރުން ޖެކޮލިން ފެނާންޑޭޒް އާއި، އަނިލް ކަޕޫރު، ޑެއިސީ ޝާހް، ސާގިބް ސަލީމް އަދި ބޮބީ ޑިއޯލް ހިމެނެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ކުޑަ އީދު ދުވަހު އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރަމޭޝް ޓައުރާނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް