ރޯދަ މަހު މާލޭ ގޭގެއިން ކުނި ނަގާނީ ރޭގަނޑު އެކަނި ކަމަށް ވޭސްޓް މެނޭޖްމެންޓު ކޯޕަޜޭޝަނުން ބުނެފި އެވެ.
ވެމްކޯއިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގޭގެއިން ކުނި ނަގާނީ ރޭގަނޑު 8:00 ން ދަންވަރު 12:00 އަށް ކަމަށެވެ. އެކަމަކު ވިޔަފާރިތަކުން ދުވާލުވެސް ކުނި ނަގާނެ އެވެ. އެގޮތުން ހެނދުނު 10 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 10:00 އިން ދަންވަރު 3:00 ވިޔަފާރިތަކުން ކުނި ނަގާނެ އެވެ.
ކުނި އުކާ ސަރަހައްދު ރޯދަ މަހު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހެއް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 10:00 ން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 7:00 ދަންވަރު 3:00 އަށެވެ.
ހުކުރު ދުވަސްތަކުގައި ކުނި އުކާ ސަރަހައްދު ހުޅުވާނީ ހެނދުނު 10:00 އިން 11:30 އަށެވެ. އަދި މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 7:00 އިން ދަންވަރު 3:00 އަށެވެ.
މީގެ އިތުރުން ވެސް ވެމްކޯގެ ކޯލް ސެންޓަރަށް ގުޅޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ރޯދަމަހު ވެމްކޯގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 3 އަށެވެ. އަދި ރޭގަނޑު 20:30 އިން ދަންވަރު 12:30 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް