ކުޅުދުއްފުށިން ގެއްލުނު މީހަކު މޫދު އަޑިން ފެނިއްޖެ

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު އެ ސިޓީގެ ބޮޑަވަކިވާ ބީޗް މޫދު އަޑިން ފެނިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކ...

15 Apr 2026 | 11:28
N/A

N/A

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު އެ ސިޓީގެ ބޮޑަވަކިވާ ބީޗް މޫދު އަޑިން ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:48 ހާއިރުއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް މިއަދު ހަވީރު 15:00 ހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން އެ މީހާ ވަނީ ފެނިފައެވެ.

އެ މީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއްނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް