ފޮލޯމީ އެޕަށް ރެކޯޑު ކުރެވިފައިވާ، އުދަރެސް ބޯޓުގެ އެންމެ ފަހުގެ ލޮކޭޝަން
މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ
"އުދަރެސް" ނަމަކަށް ކިޔާ މުދާއުފުލާ ބޯޓެއް ފަރަށް އަރައި، އޭގެއިން
ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް
ކޯސްޓްގާޑުން ފަށައިފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން ދުވަސްވީ
ދިވެހި ފިރިހެނެކެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން
މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ފަރަށް އެރި
ހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން ދެކުނުގެ އަތޮޅަކަށް ދަތުރުކުރަމުން
ދަނިކޮށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ކަމާބެހޭ
ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކޯސްޓްގާޑުން މިހާރު ދަނީ ކަނޑުގެ ސަރަހައްދު ބަލައި
ފާސްކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފް އިން އަންނަނީ
ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް