ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގުބޮޑުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅަން ޕާކިސްތާނުން ނިންމައިފި

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް، ކާބޯތަކެތީގެ އަގު ބޮޑުކުރާ ވިޔަފާރިވެރިންނާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަން ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް ޕާކިސްތާނުގެ ޕަންޖާބު ސަރު...

15 Apr 2019 | 17:19

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް، ކާބޯތަކެތީގެ އަގު ބޮޑުކުރާ ވިޔަފާރިވެރިންނާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަން ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޕާކިސްތާނުގެ ޕަންޖާބު ސަރުކާރުގެ ތަރުޖަމާނު ބުނެފައިވަނީ ތަކެތީގެ އަގު ބޮޑުކުރޭތޯ ބަލާނީ ސީދާ ފުޑް މިނިސްޓަރު ސާމިއުﷲ އަދި ޗީފް މިނިސްޓަރުގެ އެޑްވައިޒަރު މުހައްމަދު އަކްރަމް ޗޯދަރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑުކުރާނަމަ ރިޕޯޓް ކުރުމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައިވެސް ރަމަޟާން މަހާއި ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދެއެވެ. މިކަމަކީ އާއްމު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމުގައި ފާހަގަކުރެވޭއިރު ސަރުކާރުން ރާއްޖޭގައި މިކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެގެން ނޫނީ، މިފަދަ ކަންކަމަށް ހައްލު ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް