ފިލިޕިންސްގައި 2 ޑޮލަރު ނުދިނުމުން ބާރަ އަހަރުގެ ކުއްޖަކު މާބަނޑު އަންހެނެއް މަރާލައިފިއެވެ.
އެ އަންހެން މީހާގެ އުމުރަކީ 25 އަހަރު ކަމަށާއި، ބަނޑަށް ތިން މަސްކަމަށް ރިޕޯޓުތައް ބުނެއެވެ. އެމީހާ މަރާލާފައި ވަނީ ވަޅި ހަރައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން، ހަމަލާ ދިން ވަގުތު ބަނޑުގައި ވާ ދަރިފުޅާއި އަންހެން މީހާ ވަނީ މަރުވެފައެވެ.
މިހާދިސާ ހިނގީ އަންހެން މީހާ ދިރިއުޅޭ ގެ ކައިރީގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ބާރަ އަހަރުގެ ކުއްޖާ އެ އަންހެން މީހާ އަތުން ފައިސާ ޖަހައިގަންނަން މަސައްކަތްކުރި މަންޒަރު ބައެއް މީހުންނަށް ވަނީ ފެނިފައެވެ. ބާރަ އަހަރުގެ ކުއްޖާ ޖީބުން ވަޅި ނެގީ އެ އަންހެން މީހާ ފައިސާ ނުދީ އެ ކުއްޖާއަށް ބަދު ދުއާ ކުރުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއަށްފަހު މި ކުއްޖާ ފިލަން ދުވަނިކޮށް ފެނުނު މީހަކު ބުނީ، އެ ކުއްޖާ ލައިގެން ހުރީ ރީންދޫ ކުލައިގެ ޓީޝާޓެއް ކަމަށާއި މުޅި ގައިގައި ލޭ ހޭކިފައި ވާކަމަށެވެ. އަދި އަންހެން މީހާގެ ގޭ ދޮރުމަތީގައިވެސް އޮތީ ހުސް ލޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ކުއްޖާ ވަނީ އެ ކުއްޖާގެ މައިންބަފައިންގެ ކުރިމަތީގައި އެ އަންހެން މީހާ މަރައިލިކަމަށް އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް