ރާއްޖޭގައި ދަތުރުފަތުރުގެ ޝެޑިއުލްއާއި ދަތުރުފަތުރު ކުރެވެން ހުރި ގޮތްތައް ފަސޭހަކަމާއި އެކު ބަލައިލެވޭނެ އެޕްލިކޭޝަނެއް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ތައާރަފްކޮށްފިއެވެ.
"ނިއަމި" ނަމަކަށް ކިއުނު މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި އެޕްލިކޭޝަން މިވަގުތު ގޫގުލް ޕްލޭ ސްތޯރުން ޑައުންލޯޑް ކުރެވޭއިރު، އެ އޮތޯރިޓީން ބުނީ މަހެއްހާ ދުވަސްތެރޭގައި އެޕަލް ސްޓޯރުން މި އެޕްލިކޭޝަން ލިބޭނެގޮތް ހަމަޖައްސާނެކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، މި އެޕްލިކޭޝަނުން މިވަގުތު ފެންނާނީ ސަރުކާރުންދޭ ފެރީގެ ހިދުމަތްތައް އެކަނި ކަމުގައެވެ. ނަމަވެސް މުސްތަގްބަލުގައި އަމިއްލަ ފަރާތްތަކުން ކުރާ ދަތުރުފަތުރުގެ މައުލޫމާތު މި އެޕްލިކޭޝަންގައި ހިމަނާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ނިއަމި އެޕްލިކޭޝަންއަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް