މެޑިކަލް ކޯސްތަކުގައި ޑިސްކައުންޓް ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ދަރިވަރުންނަށް މެލޭޝިއާގެ ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީން ކިޔެވުމަށްޓަކައި ޓިއުޝަން ފީއިން 15 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ އަގަކަށް ޑިސްކައުންޓް ދިނުމަށް އެ ޔުނިވަރސިޓީއާއި މިނ...

15 Apr 2019 | 11:50

ދިވެހިރާއްޖޭގެ ދަރިވަރުންނަށް މެލޭޝިއާގެ ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީން ކިޔެވުމަށްޓަކައި ޓިއުޝަން ފީއިން 15 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ އަގަކަށް ޑިސްކައުންޓް ދިނުމަށް އެ ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި ސްކީމް އިތުރަށް ފުޅާކުރުމަށްޓަކައި، ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީން ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި މިއަދު ބައްދަލު ކުރައްވާފައެވެ.

އެ ޔުނިވަރސިޓީން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، 50 އަށްވުރެ ގިން ޕްރޮގްރާމްތަކުގެ ޓިއުޝަން ފީއިން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް މި އެއްބަސްވުމުގައި ވެއެވެ.

ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީން ޑޮކްޓަރ އޮފް މެޑިސިން އަދި ބެޗްލާސް އޮފް ފާމަސީ (ހޮނަރސް) ކިޔެވުމަށްޓަކައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޓިއުޝަން ފީގެ ގޮތުގައި 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ މި ބައްދަލުވުމުގައި އެއްބަސްވެފައެވެ.

ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީ ގައި ރާއްޖޭގެ 50 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް