ބީޕީޓީ ނުދައްކާ ފަރާތަކުން މީރާއަށް ބީޕީޓީ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ނުދައްކާ ފަރާތެއް މީރާއަށް ބީޕީޓީ އަދި އެޔާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ. ސިވިލް ކޯޓުން ހުކުމް ކޮށްފައ...

15 Apr 2019 | 11:29

ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ނުދައްކާ ފަރާތެއް މީރާއަށް ބީޕީޓީ އަދި އެޔާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މ. މުނިޔާވިލާ، އަމީނާ އާދަމްގެ މައްޗަށެވެ.

ސިވިލް ކޯޓުން މިއަދު އަމީނާ އާދަމްގެ މައްޗަށް ޙުކުމްކޮށްފައިވަނީ ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 318,435ރ (ތިން ލައްކަ އަށާރަ ހާސް ހަތަރު ސަތޭކަ ތިރީސް ފަސް ރުފިޔާ) އާއި، މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް