ޕީޕީއެމްގެ ޕީޖީ ލީޑަރުގެ ގޮތުގައި އެންމެ ތާއީދު ކުރެވެނީ ޝިޔާމްއަށް: ނިހާން

މާދަމާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ހުންނަން އެންމެ ތާއީދު ކުރެވެނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ކަމަށް އެ ޕާޓީގެ ޕީޖީގެ މަގާމު މިދިޔަ ފަސް އަހަރަށް ވުރެ ގިނަ ދުވަހ...

15 Apr 2019 | 11:13

މާދަމާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ހުންނަން އެންމެ ތާއީދު ކުރެވެނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ކަމަށް އެ ޕާޓީގެ ޕީޖީގެ މަގާމު މިދިޔަ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ފުރުއްވި މެމްބަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އަކީ އެތައް ހާސް ރައްޔިތުންނެއްގެ އުންމީދުތަކާއި ގުޅިފައިވާ ޕާޓީއެއް ކަމަށާއި، އެހެންކަމުން ދެން އެންމެ ތާއީދު ކުރެވެނީ ދެވަނަ ދައުރަކަށް ނައިފަރު ދާއިރާއަށް ހޮވިވަޑައިގެންނެވި މެމްބަރު ޝިޔާމް ކަމަށެވެ.

https://twitter.com/ahmed_nihan/status/1117708070484758528

ނިހާން މިހާރު ވަނީ އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނިހާން ރޭގައި ވަނީ ޕީޕީއެމްގެ ހުރިހާ ލީޑަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް