އެސްޓީއޯ އިން ރޯދަމާހާއި ދިމާކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް އާންމުކޮށްފި

1440 ވަނަ އަހަރުގެ ރަމަޝާން މަހާއި ދިމާކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު އިއުލާންކޮށްފިއެވެ. ރޯދަމަހު އެސްޓީއޯއިން އަލުވި ކިލޯއެއް ވި...

15 Apr 2019 | 10:22

1440 ވަނަ އަހަރުގެ ރަމަޝާން މަހާއި ދިމާކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު އިއުލާންކޮށްފިއެވެ.

ރޯދަމަހު އެސްޓީއޯއިން އަލުވި ކިލޯއެއް ވިއްކާނީ 8.50ރ. އަށެވެ. އަލުވި ބަސްތާއެއްގެ އަގަކީ 180ރ. އެވެ. 25 ބަސްތާއަށް ވުރެ އިތުރަށް ގަންނަ ނަމަ 170ރ. އަށް ބަސްތާއެއް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެސްޓީއޯ އިން ކުކުޅު ބިހެއް ލިބޭނީ 1.50ރ. އަށެވެ. ބިސް ކޭހެއް 270ރ. އަށް ލިބޭއިރު، 25 ކޭހަށްވުރެ ގިނައިން ގަންނަ ނަމަ 260ރ. އަށް ކޭހެއް ލިބޭނެއެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި، ރޯދަމަހު ފިޔާ ކިލޯއެއް ލިބޭނީ 7ރ. އަށް ކަމަށެވެ. ބަސްތާއެއް 140ރ. އަށް ވިއްކާއިރު، 25 ބަސްތާއަށް ވުރެ ގިނައިން ގަންނަކަމަށްވާނަމަ ބަސްތާއެއް 130ރ. އަށް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، މިފަހަރު ފިޔާ، އަލުވި، ބިސް ވިއްކަން އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖްގައި އާންމުންނަށް ފަސޭހައިން މުދާ ލިބޭނެގޮތް  އިންތިޒާމުކުރެވިފައިވާ ކަމުގައެވެ.  މިގޮތުން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖް އިން ހެނދުނު 8:30 އިން ހަވީރު 17:00 އަށް  ފިޔާ، އަލުވި، ބިސް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ވާކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން އެސްޓީއޯ ޓްރޭޑް ސެންޓާރ ގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް