ބްރިޖް ވިއު ސަރަހައްދުގައި ނިއުޕޯޓް ވިއު ހިންގަމުން އަންނަނީ ގަވާއިދާ ހިލާފަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕްލޭނިންގް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މިނިސްޓްރީއިން ނިއުޕޯޓް ވިއު ހިންގަމުންދާ ބިން ހުސްކުރަން އެންގި މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަ ވުމުންވެސް ތަން ހުސްނުކޮށް އެތަނުގައި ރެސްޓޯރެންޓް ހިންގަނީ ގަވައިދާ ހިލާފަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ނިއުޕޯޓް ވިއު ހުސްކުރުމުގެ މަސައްކަތް ގާނޫނާ އެއްގޮތަށް އިޖުރާއަތުގެ ދަށުން ކުރަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް