ކަރަންޓާއި ފެނާއި ނަރުދަމާ ކައުންސިލްތަކުން ދޭން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ކަރަންޓުގެ ހިދުމަތާއި ފެނާއި ނަރުދަމާ ކައުންސިލްތަކުން ރައްޔިތުންނަށް ދޭން ޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. މަޖިލީހަށް މ...

15 Apr 2019 | 08:21

ކަރަންޓުގެ ހިދުމަތާއި ފެނާއި ނަރުދަމާ ކައުންސިލްތަކުން ރައްޔިތުންނަށް ދޭން ޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މަޖިލީހަށް މި އިސްލާހު ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ކޮންމެ ރަށެއް އަދި ސިޓީއެއްގައި ވެސް އެ ހިދުމަތްތައް ކައުންސިލްތަކުން ފޯރުކޮށްދިން ނަމަވެސް، ހިދުމަތްތައް ފޯރުކޮށްދޭން ވާނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ އިސްލާހުގައިވެ އެވެ.

މި އިސްލާހުގައި ވާގޮތުން އެއިން ހިދުމަތެއް ތިން ވަނަ ފަރާތަކުން ދިން ނަމަވެސް ކައުންސިލާ ދެމެދު ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން އެއްބަސް ވުމެއް އޮންނަން ޖެހެ އެވެ.

އަދި ތިން ވަނަ ފަރާތަކުން މި ހިދުމަތް ދެމުންދާނަމަ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްވެ އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދޭނެ ގޮތްތަކުގެ ބަޔާން އެއްބަސްވުމަށް އަންނަން ޖެހެއެވެ.

މީގެއިތުރުން ތިން ވަނަ ފަރާތަކުން ހިދުމަތެއް ދިނުމަށް ޓަކައި ކައުންސިލަކުން ހުއްދަދީގެން ހަދަން ފަށާ ތަންތަން ނުވަތަ ހަދައި ނިމިފައިވާ ތަންތަން އަނބުރާ ކައުންސިލަށް ނެގޭނީ، އާންމުވެގެންވާ މަންފާއަކަށް ޓަކައި އެތަނަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް