ސައިކަލު ދުއްވަން އިން މީހަކު އަނބުރައިގަނެ ބޯފަޅައިގެން ގޮއްސި

އިއްޔެ ހެނދުނު ލިލީ މަގުން ދުއްވާފައިދިޔަ ސައިކަލްއެއް ދުއްވަން އިން މީހާ އަނބުރައިގަތުމުގެ ސަބަބުން ސައިކަލުން ވެއްޓި ބޯފަޅައިގެން ގޮއްސިއެވެ. ދުއްވަން އިނީ 34 އަހަރުގެ ފިރިހެނެކެވެ. މި މީހާއަށް އިތު...

15 Apr 2019 | 07:19

އިއްޔެ ހެނދުނު ލިލީ މަގުން ދުއްވާފައިދިޔަ ސައިކަލްއެއް ދުއްވަން އިން މީހާ އަނބުރައިގަތުމުގެ ސަބަބުން ސައިކަލުން ވެއްޓި ބޯފަޅައިގެން ގޮއްސިއެވެ.

ދުއްވަން އިނީ 34 އަހަރުގެ ފިރިހެނެކެވެ. މި މީހާއަށް އިތުރު ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސޕިޓަލުންނެވެ.

މި ހާދިސާގައި އެމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގާ ސައިކަލުން ޖެހިފައިވެއެވެ. ނަމަވެސް އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް