ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނަރަލްގެ އޮފީހަށް ޕާމަނަންޓް ސެކެޓަރީން ހޯދަން، ސިވިލް ސާވިސް ކޮމިޝަން ން އިއުލާނު ކޮށްފި އެވެ.
ސީއެސްސީން ކޮއްފައިވާ ދެ އިއުލާނުގެ ޝަރުތުތަކުގައި ބުނެފައިވަނީ، މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ އެ އޮފީހެއްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވަލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގައި ނުވަތަ ޕަބްލިކާއި ޕްރައިވެޓާއި ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ހިންގުމުގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މީގެ އިތުރުން މި އިއުލާންގައި ވަނީ ޕާމަނަންޓް ސެކެޓަރީންގެ މުސާރައެއްގެ ގޮތުގައި 20،500 ރުފިޔާ އަދި ލިވިން އެލެވެސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށެވެ.
މި އިއުލާންގެ ދަށުން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޝަރުތުހަމަ ވާ މީހުންނަށް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް