ތެލެސީމިއާ ޓެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ހިލޭ ހޯދޭނެ ޕްރޮގްރާމެއް ޝީ އިން ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި ޕްރޮގްރާމްއަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ބާއްވާ ޕްރޮގްރާމްއެކެވެ. އަދި މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
މި މަހުގެ 28 ވަނަ ދުވަހު ޝީ ބިލްޑިންގުގައި މި ހަރަކާތް ކުރިއަށް ދާނީ އެދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:00 އަށެވެ. މި ހަރަކާތުގައި ދިހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އަލަށް ޓެސްޓް ކުރާނަމަ ހިލޭ ކުރެވޭނެ ކަމަށް ޝީ އިން ވަނީ ބުނެފައެވެ. އަދި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން 7989147 ގުޅައިގެން ނުވަތަ ޝީ ބިލްޑިންގް އަށް ގޮސްގެންވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ޝީ އިން މައުލޫމާތުދެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ޝީ އިން ކޮންމެ އަހަރަކުވެސް ހިލޭ ތެލެސީމިއާ ޓެސްޓް ކުރުމުގެ ޕްރޮގްރާމްއެއް ކުރިއަށް ގެންދާއިރު، ޝީގެ އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާއަށް ޓެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޝީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް އެ ޙިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް