އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މީހަކު ޝޯޓްލިސްޓު ކޮށްފި

އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލް ކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރު ކޮއްފައިވާ އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތި ލާފައިވާ މީހުންގެ ތެރެއިނ...

15 Apr 2019 | 04:58

އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލް ކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރު ކޮއްފައިވާ އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތި ލާފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ޝޯޓްލިސްޓް ކޮއްފިއެވެ.

ޝޯޓްލިސްޓް ކޮއްފައިވަނީ އެފަރާތްތަކުން ހުށަހެޅި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރި އިންޓަވިއުއަށް ބެލުމަށް ފަހު އެވެ.

އެ ފަރާތްތަކަކީ އާއިޝަތު ފަޒީނާ، އާމިނަތު ރުޝްމާ، މަންސޫރު ޒުބައިރު އަދި މުހައްމަދު އިމްތިޝާލް އަހުމަދު އެވެ.

މަންސޠޫރު ޒުބައިރަކީ 2006 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތަށް ވާއިރު ފަޒީނާއަކީ 2017 ވެސް ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ އެއް ހިއްސާގެ ވެރިފަރާތެވެ.

މީގެއިތުރުން އިމްތިޝާލް އަދި ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ އެއް ހިއްސާގެ ވެރިފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް