ޔުނައިޓެޑް ވެސްޓް ބްރޯމް އަތުން ބަލިވެ ސިޓީއަށް ލީގު ކަށަވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ވެސްޓް ބްރޯމް ބައްދަލުކުރި މެޗުން 1-0 ން ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވެއްޖެއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރޮ...

15 Apr 2018 | 17:21

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ވެސްޓް ބްރޯމް ބައްދަލުކުރި މެޗުން 1-0 ން ޔުނައިޓެޑް ބަލިވެ، މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރޮފޯޑް ދަނޑުގައި މިރޭ ކުޅުނު މެޗުން އެ ޓީމު ތާވަލުގެ އެންމެ ފުލުގައި އޮތް ވެސްޓް ބްރޯމް އަތުން ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހުނުއިރު މެޗުގެ ހަމައެކަނި ލަނޑު 73 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ރޮޑްރިގޭޒް އެވެ.

މިރޭ ޔުނައިޓެޑް ބަލިވިއިރު، އެ ޓީމަށް ކުޅުނު 33 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ތާވަލުގެ 2 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އެއް ވަނައިގައި އޮތް ސިޓީއަށް 33 މެޗުން ވަނީ 87 ޕޮއިންޓް ލިބިފައެވެ. ދެ ޓީމު ދެމެދުގައި 16 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ބާކީ އޮތް 5 މެޗުން ޔުނައިޓެޑް މޮޅުވިޔަސް ހޯދޭނީ 15 ޕޮއިންޓެވެ.

މެންޗެސްޓާއަށް ނިސްބަތްވާ ވާދަވެރިން ބަލިވެ ސިޓީއަށް ލީގު ކަށަވަރުވުމުން މިއީ ސިޓީގެ ސަޕޯޓަރުންނަށް ލިބޭނެ އިތުރު އުފަލެކެވެ. މިއީ މެންޗެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު 3 ވަނަ ފަހަރެވެ. ސިޓީން މީގެ ކުރިން ލީގު ހޯދާފައިވަނީ 2012 އަދި 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް