ފޫކޮޅުން ނޭވާލާ ވެލާ، ރައްކާތެރި ކޮށްފައިވާ ޖަނަވާރުގެ ލިސްޓަށް

އޮސްޓްރޭލިއާގައި އޮންނަ މަރީ ކޯރުން އެކަނި ފެންނަ ބާވަތުގެ ވެލައެއް ކަމުގައިވާ "މަރީ ރިވާ ޓާޓަލް"، ނެތިގެން ގޮސްދާނެ ކަމުގެ ލިސްޓަށް ލައިފި އެވެ. މިއީ ތަފާތު ވައްތަރެއްގެ ވެލަ އެކެވެ. ބޮލާއި ބުރަކަށީގ...

15 Apr 2018 | 10:03

އޮސްޓްރޭލިއާގައި އޮންނަ މަރީ ކޯރުން އެކަނި ފެންނަ ބާވަތުގެ ވެލައެއް ކަމުގައިވާ "މަރީ ރިވާ ޓާޓަލް"، ނެތިގެން ގޮސްދާނެ ކަމުގެ ލިސްޓަށް ލައިފި އެވެ.

މިއީ ތަފާތު ވައްތަރެއްގެ ވެލަ އެކެވެ. ބޮލާއި ބުރަކަށީގައި ފެނުގެ އަޑީގައި ހެދޭ ވިނަ ފަޅާފައި ހުންނައިރު މި ބާވަތުގެ ވެލާގެ އެންމެ ތަފާތު ކަމަކީ ފޫކޮޅުން ނޭވާލާ ކަމެވެ. އެހެންކަމުން ފެނުގެ އަޑީގައި ދެދުވަސް ނުވަތަ ތިން ދުވަސް ފެނުގެ އަޑީގައި ހޭދަކުރުމުގެ ގާބިލުކަން މި ވެލައަށް ލިބިފައި ވެ އެވެ.

މި ބާވަތުގެ ވެލާ މިހާރު ފެންނަނީ ހަމަ އެކަނި މަރީ ކޯރުން ކަމުގައިވާއިރު މި ވެލައަށް ނަން ދީފައިވަނީވެސް އެ ކޯރާއި ގުޅުވައިގެންނެވެ.

ރައްކާތެރިކޮށްފައިވާ ޖަނަވާރުގެ ލިސްޓަށް މި ވެލާ އިތުރު ކޮށްފައިވަނީ ދަ ޒޫއޮލޮޖިކަލް ސޮސައިޓީ އޮފް ލަންޑަނުންނެވެ.

1900 ގެ އަހަރުތަކުގައި މި ބާވަތުގެ ވެލާ ގިނަ އަދަދަކަށް އެ ކޯރުން ފެނުނު ނަމަވެސް މިހާރު މިބާވަތުގެ ވެލާ ފެންނަ އަދަދު ވަނީ އިންތިހާއަށް މަދުވެފައި އެވެ. 1900 ގެ އަހަރުތަކުގައި މިބާވަތުގެ ވެލާ ގިނަ އަދަދަކަށް އޮސްޓްރޭލިއާގައި ވިއްކާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް