އަލަށް އުފައްދަން ހުށެހެޅި ސިޔާސީ ދެޕާޓީއަށްވެސް ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަންސް އިން ނިންމައިފި އެވެ.
އެއް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން ނިންމާފައިވާކަން ކުރިން ހާމަކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދައަށް އދި ހުށަހެޅުމުން ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދަށް ރިއާޔަތްކޮށް އެ ފަރާތްތަކަށް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަމުގައި ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
https://twitter.com/ElectionsMv/status/985441057390264320
މިގޮތަށް ކޮމިޝަނުން ނިންމާފައިވާއިރު ދެ ޕާޓީއެއް ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހަޅާފައިވާކަން އީސީން ހާމަކުރީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް