ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފެއް ނުކުރި އެވެ.
މުއްދަތު ހަމަވި އިރު އިސްތިއުނާފު ނުކުރެއްވީ ކީއްވެ ކަމެއް ހާމައެއް ނުކުރައްވަ އެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން މީޑިއާގައި ވިދާޅުވީ އަމުރު އިސްތިއުނާފު ނުކުރައްވަން ނިންމެވީ އުއްތަމަ ފަނޑިޔާރު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ މިދިޔަ މަހު އެވެ. އިސްތިއުނާފު ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެމަނިކުފާނު ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. ފަހުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލާފައި އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ އިތުރުން ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދުވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް