ކިންގް ސަލްމާން މިސްކިތް އަޅާ ސަރަހައްދުގެ ތޮށި އުސްކުރަނީ

ކިންގް ސަލްމާން މިސްކިތް އަޅާ މާލޭ އިރުމަތީ ފަރާތު ތޮށި އުސް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މިއަދު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހައުސިން މިނ...

15 Apr 2018 | 08:01

ކިންގް ސަލްމާން މިސްކިތް އަޅާ މާލޭ އިރުމަތީ ފަރާތު ތޮށި އުސް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

މި މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 46.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މަސައްކަތް ނިމޭއިރު 430 މީޓަރު ދިގުމިނަށް ތޮށި އުސްކުރާނެ އެވެ. އަދި އުދަ އެރުމުން ފެން ހިންދުމަށް އޮޓަމެޓިކް ޕަންޕެއް ބަހައްޓާނެ އެވެ.

ކާނިވާ ސަރަހައްދަކީ މޫސުން ގޯސްވެއްޖެ ނަމަ އާންމުކޮށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ލިބޭ ސަރަހައްދެކެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ތޮށި އުސްކުރުމުން އެ މައްސަލައަށް ވަރަށް ބޮޑަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ތޮށި ލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުން ފެށިގެން ސިޓްރޮން އާއި ހަމައަށެވެ.

މި މަސައްކަތް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 10 މަސްދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް