އަމިއްލައަށް ލޭގެ ޓެސްޓުތައް ހެދޭ މެޝިނެއް އައިޖީއެމްއެޗުގައި ބޭނުން ކުރަނީ

އައިޖީއެމްއެޗުގެ ލެބޯޓްރީއަށް އޮޓޮމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެކްޝަން ސިސްޓަމެއް އެސްޓީއޯއިން ހަދިޔާކޮށްފި އެވެ. އެސްޓިއޯއިން ހަދިޔާކުރި މި މެޝިނަކީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އަގުބޮޑު މެޝ...

15 Apr 2018 | 07:56

އައިޖީއެމްއެޗުގެ ލެބޯޓްރީއަށް އޮޓޮމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެކްޝަން ސިސްޓަމެއް އެސްޓީއޯއިން ހަދިޔާކޮށްފި އެވެ.

އެސްޓިއޯއިން ހަދިޔާކުރި މި މެޝިނަކީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އަގުބޮޑު މެޝިނެކެވެ. ލެބޯޓްރީއަށް އޮޓޮމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެކްޝަން ސިސްޓަމަކީ  ކޮމްޕިއުޓާ ސޮފްޓްވެއާއެއް މެދުވެރިކޮށް، މެޝިނަށް ލާ ލޭގެ ސާމްޕަލްތައް ފަސޭހަކަމާއި އަވަސްކަމާއެކު ލޮލަށް ނުފެންނަ ޖަރާސީމަށް ޓެސްޓު ކުރާ މެޝިނެކެބވެ.

މި މެޝިނުގެ އެހީގައި މިހާރަށްވުރެ ލޭގެ ޓެސްޓުތަކުގެ ނަތީޖާ ލިބުން ދެގުނަ އަވަސްވާނެ އެވެ. އަދި ޓެސްޓުތަކަށް ހުސްވެގެން ލެބޯޓްރީ ޓެކްނީޝަނުން ތިބެން ނުޖެހޭއިރު މި މެޝިނަކީ އަމިއްލައަށް ޓެސްޓުތައް ހެދުމުގެ ގާބިލްކަން ލިބިފައިވާ މެޝިނެކެވެ.

އެސްޓީއޯއިން ބުނީ މި މެޝިނަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލްތަކުގައި ބޭނުން ކުރަމުން އަންނަ މެޝިނެއް ކަމަށެވެ. އެ މެޝިނަށް ބޭނުންވާ ކެމިކަލާއި އެހެން ވެސް ސާމާނު އެސްޓީއޯ އިން މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓިއޯއިން ވަނީ އޮޓޮމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެކްޝަންގެ ތިން ސިސްޓަމް ހަދިޔާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް