ގަމުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ލ. ގަމުގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އަހުމަދު ޒަކަރިއްޔާ، އަޒުމް 74 އަހަރެވެ. ގަމު ކައުންސިލުން ބުނީ އޭނާ މަރުވީ މަސް ހިފަން ގޮސް ހުއްޓަ ކުއްލިއަ...

15 Apr 2018 | 06:27

ލ. ގަމުގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އަހުމަދު ޒަކަރިއްޔާ، އަޒުމް 74 އަހަރެވެ. ގަމު ކައުންސިލުން ބުނީ އޭނާ މަރުވީ މަސް ހިފަން ގޮސް ހުއްޓަ ކުއްލިއަކަށް މޫދަށް ވެއްޓިގެން ކަމަށެވެ އޭނާ އާއި އެކު އިތުރު ބަޔަކުވެސް ތިބި ކަމަށާއި މޫދަށް ވެއްޓުމުން ވަގުތުން ނެގި އިރު އޮތީ މަރުވެފައި ކަމަށެވެ.

މަސް ހިފަން ތިބީ މާ ފުން ހިސާބެއްގައި ނޫންކަމަށްވެ އެވެ. ކޮންމެ ދުވަހަކު އަތިރި މައްޗަށް ޒަކަރިއްޔާ ދަނީ ކަރަވެލި މަސް ހިފާށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް