"މަމެން ޕްރީޕެއިޑް އެޕް" އާއި އެކު ދިރާގުން ސަޅި ޕްރޮމޯޝަނެއް

ދިރާގުން އުފެއްދި މޯބައިލް ޕްރީޕެއިޑް ޕްލޭން އެޕް "މަމެން" އާއި އެކު ޒުވާނުންނަށް ހާއްސަ ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ. މަމެންއަކީ ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލަ އަށް މޯބައިލް ...

15 Apr 2018 | 05:15

ދިރާގުން އުފެއްދި މޯބައިލް ޕްރީޕެއިޑް ޕްލޭން އެޕް "މަމެން" އާއި އެކު ޒުވާނުންނަށް ހާއްސަ ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މަމެންއަކީ ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލަ އަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ. މި އެޕާއި އެކު ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން އާންމުކޮށް "މަމެން" އިން ލިބޭވަރަށްވުރެ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފަ އެވެ.

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާޓްނަ ވެގެން މަމެނިއާސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފާތައް ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފާތައް އެ ޕާޓަނާ ވިޔަފާރިތަކުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި އެޕް އަދި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދިރާގުން ވަނީ ހުކުރު ދުވަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ފަށާފައި އެވެ. މި ހަރަކާތްތަކުގައި ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިއުޒިކާއި ތަފާތު ހުނަރު ދައްކާލާ ވަރަށް ކުލަ ގަދަ އިވެންޓްތައް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދެ އެވެ.

މަމެންނަކީ ކޮބާ؟

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެވޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށް ފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ އިރު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަން ޖެހެ އެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެ އެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރު މެދުވެރިކޮށް ގަނެވޭނެ އެވެ. އާރްބީއަކީ ގިނަ ދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް