ޑިފެންސް ކޮންފަރެންސްއަކަށް ޝިޔާމް މެލޭޝިއާއަށް ވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގެންފި އެވެ. އެމްއެންޑީއެފްއިން ބުނީ ޝިޔާމް މެލޭޝިއާއަށް ވަޑައިގެންނެވީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއ...

15 Apr 2018 | 04:45

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގެންފި އެވެ.

އެމްއެންޑީއެފްއިން ބުނީ ޝިޔާމް މެލޭޝިއާއަށް ވަޑައިގެންނެވީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައި ގެންނެވުމަށް ކަމަށެވެ. ދުނިޔޭގެ 60 ށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި ކޮންފަރެންސްގައި ގައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ  ނެ އެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ން 18 އަށެވެ.

މި ދަތުރުފުޅަށް ފަހު ޝިޔާމް އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް