ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ގޮތް އޭޑީކޭއިން ހަދައިފި

އޭޑީކޭ ހޮސްޕިޓަލުން ނަގާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ކައުންޓަރުތަކަށާއި ޑޮކްޓަރުންގެ ކޮޓަރިތަކުގައި އެވަގުތަކު ބަލަމުން...

15 Apr 2018 | 04:15

އޭޑީކޭ ހޮސްޕިޓަލުން ނަގާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ކައުންޓަރުތަކަށާއި ޑޮކްޓަރުންގެ ކޮޓަރިތަކުގައި އެވަގުތަކު ބަލަމުންދާ ޓޯކަން ނަމްބަރެއް އޮންލައިންކޮށް ބެލޭނެ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ވެބްސައިޓާއި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނަމްބަރު ވަގުތުން ބެލޭނެ ކަމަށް ބުނެ އެވެ.

https://twitter.com/ADKHospital/status/985140220394745856

މީގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލްގެ ޓޯކަން ނަމްބަރު ބެލެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮންމެ ހިދުމަތަކީ އާންމުންނަށް ފަސޭހަ އަދި ޒަމާނީ ހިދުމަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ މަހު އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ކެތު ލެބަކާއި ބައިޕާސް އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް