ވަރުންގެ "އޮކްޓޯބަރު" ގެ ފެށުން ރަނގަޅެއް ނުވި!

ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "އޮކްޓޯބަރު" ގެ ފެށުން މާ ރަނގަޅު ނޫންކަމަށް ރިޕޯޓުތައް ބުނެފި އެވެ. ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުަތައް ބުނާގޮތުގައި ފިލްމަށް ފުރަތަމަ ދުވަހު އާމ...

15 Apr 2018 | 04:00

ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "އޮކްޓޯބަރު" ގެ ފެށުން މާ ރަނގަޅު ނޫންކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުަތައް ބުނާގޮތުގައި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.04 ކްރޯޑް ރުޕީސް އެވެ. އެއީ ވަރުން ދަވަންގެ ފިލްމަކަށް ލިބޭނެ ކަމަށް އުންމީދު ކުރިވަރެއް ނޫނެވެ.

މި ފިލްމު އިންޑިއާގެ 1683 ސިނަމާއެއްގައި ރިލީޒް ކުރި އިރު އެހެން ގައުމުތަކާއި އެކު ޖުމްލަ 2308 ސިނަމާއެއްގައި ރިލީޒް ކުރި އެވެ.

އެކަމަކު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފިލްމުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާތަން ފެންނާނެ ކަމަށެވެ. އެއީ ފުރަތަމަ ދުވަހު ފިލްމު ބެލި މީހުންގެ ހިޔާލަށް ބަލާއިރު އެއްވެސް މީހަކު ފިލްމު ކަމުނުދާ ކަމަށް ނުބުނާތީ އެވެ. އަދި ފިލްމާ ބެހޭގޮތުން ނޫސްވެރިން ލިޔެފައިވާ ލިޔުންތަކުގައިވެސް ފިލްމަށް ރަނގަޅު ރޭންކިން އެއް ދީފައިވާތީ އެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ވަރުން ދަވަން އާއި ބަނީތާ ސަންދޫ އެވެ. މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޝޫޖިތް ސީކަރް އެވެ.

މި ފިލްމުގައި ވަރުން ފެނިގެންދަނީ ހޮޓަލެއްގައި ވަޒީފާ އަދާ ކުރާ މީހެއްގެ ރޯލުންނެވެ. ވަރުން އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ޖުދްވާ 2" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް