ލޭ މައްޗަށްދާ މީހުން ކެއުން ރަނގަޅު ބައެއް އެއްޗެހި!

ލޭމައްޗަށް ދިއުން ކޮންޓްރޯކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ސޯޑިއަމް ހިމެނޭ ކާއެއްޗެހި ކެއުން މަދުކޮށް، ނިއުޓްރިޝަން އިން މުއްސަނދިވެފައިވާ ކާއެއްޗެހި ކެއުމެވެ. ސޯޑިއަމް ހި...

15 Apr 2018 | 03:30

ލޭމައްޗަށް ދިއުން ކޮންޓްރޯކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ސޯޑިއަމް ހިމެނޭ ކާއެއްޗެހި ކެއުން މަދުކޮށް، ނިއުޓްރިޝަން އިން މުއްސަނދިވެފައިވާ ކާއެއްޗެހި ކެއުމެވެ.

ސޯޑިއަމް ހިމެނޭ އެއްޗެހި ކެއުން އެއްކޮށް ހުއްޓާލަންވީކީ ނޫނެވެ. ދުވާލަކު ކެއުމުގައި ބޭނުން ކުރާ މިންވަރު މަދު ކުރަންވީ އެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަވެގެން ހަށިގަނޑަށް ވަންނަން ވާނީ 2،300 މިލިގްރާމްގެ ސޯޑިއަމް އެވެ. އޭރުން ހިތުގެ ބަލިތަކާއި ލޭ މައްޗަށް ދިއުމަށް ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑަށް ހައްލު ލިބޭނެ އެވެ.

ކެއުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ތަރުކާރީ، މޭވާ، ފެޓް މަދުން އެކުލެވޭ ކާއެއްޗެހީގެ އިތުރުން އެކި ވައްތަރުގެ ބަދަން ކެއުމަށެވެ. ގޮދަނުގެ ބާވަތްތަކާއި ހަންގަނޑު ވަކިކުރުމަށް ފަހު މަސް ކެއުމަށެވެ. މީގެ އިތުރުން ތަރުކާރީ ތެލާއި ތަފާތު ފޮނި އެއްޗެހި ކެއުމަކީވެސް ލޭ މައްޗަށް ދިއުން ކޮންޓްރޯލް ވާނެ ކަމެކެވެ.

މި ކާއެއްޗެހި ކެއުމުން ހަމައެކަނި ލޭމައްޗަށް ދިއުން ކޮންޓްރޯލް ވަނީއެއް ނޫނެވެ. ހަކުރު ބައްޔާއި ކެންސަރާއި، ހާޓް އެޓޭކް ޖެހުންފަދަ ނުރައްކާތެރި ބަލިތަކުން މީހާ ދުރުކޮށްދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް