ގޫގަލްގެ ޖީމެއިލްގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަށް ތައްޔާރުވަމުން އަންނައިރު މި ބަދަލާއެކު "ސެލްފް ޑިސްޓްރަކްޓިން މެއިލް" ތައާރަފް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެގޮތުން އަލަށް ގެންނަ ބަދަލާއެކު އައު މެއިލް އެއް ލިޔާއިރު "ކޮންފިޑެންޝަލް މޯޑް" ނަމަކަށްކިޔާ ފީޗާ އެއް، ތަޅެއް ފެންނަ އައިކޮން އަކާއެކު ފެންނަން އިންނައިރު އެ މެއިލް ފޮނުވާއިރު އެ މެއިލް އެއްގެ މުއްދަތު ހަމަވާނެ ތާރީހު ސެޓް ކުރެވެ އެވެ. އެގޮތަށް ސެޓް ކުރުމުން އެ ތާރީހެއްގައި އެ މެއިލް، މެއިލް ލިބޭ މީހާގެ އިންބޮކްސް އިން ގެއްލޭނެ އެވެ.
އީމެއިލްގެ ހިދުމަތް ދެމުން އަންނަ ބައެއް ކުންފުނިތަކުން މިހާރުވެސް އަންނަނީ މި ހިދުމަތް ދެމުންނެވެ. އެގޮތުން ޕްރޮޓޮން މެއިލް އިން މި ހިދުމަތް ދެމުން އަންނަތާ އަހަރުތަކެއް މިވަނީ ވެފަ އެވެ.
ގޫގަލްގެ އައު ޑިޒައިނާއި "ކޮންފިޑެންސް މޯޑް" ތައާރަފް ކުރާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް