ސައުދީގައި ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއް ބާއްވައިފި !

އަރަބް ފެޝަން ވީކްގެ ނަމުގައި ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއް ބާއްވައިފި އެވެ. ނިމިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި މި ފެޝަން ޝޯ ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ...

14 Apr 2018 | 22:45

އަރަބް ފެޝަން ވީކްގެ ނަމުގައި ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއް ބާއްވައިފި އެވެ.

ނިމިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި މި ފެޝަން ޝޯ ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ފޮޓޯގްރާފަރަކު ނުވައްދާ، އަދި އެއްވެސް ފިރިހެނަކަށް ނުވަދެވޭ ގޮތަށެވެ.

ފެޝަން ޝޯ ކުރިއަށްދިޔަ ވަގުތު އެއްވެސް ގޮތަކަށް ފޮޓޯ ނަގާފައި ނުވި ނަމަވެސް ބައެއް ތައްޔާރީތަކުގެ ފޮޓޯއައި ބައެއް ބައިވެރިން އަމިއްލައަށް ނަގާފައިވާ ބައެއް ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އަރަބް ފެޝަން ވީކް އަކީ އެކުވެރި އަރަބި އިމާރާތުން ބާއްވަމުން އަންނަ، ހަފްތާއަކަށް ދެމިގެންދާ ފެޝަން ޝޯ އެކެވެ. މި ޝޯ ސައުދީގައި ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމުގައިވާއިރު އަދި މީޑިއާއަށާއި އާންމުންނަށް އެނގޭގޮތަށް ސައުދީގައި ބޭއްވި މިއީ މިފަދަ ފުރަތަމަ ޝޯ ކަމުގައިވާއިރު މި ޝޯއާއި ގުޅިގެން ބައެއް ފާޑުކިޔުންތައް އަންނަނީ ސައުދީއަށް އަމާޒުވަމުންނެވެ.

ނަމަވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިފަދަ ޝޯއެއްވެސް ވަކި މިންގަނޑުތަކެއްގައި ކުރިއަށްގެންދެވޭނަމަ އޭގައި ގޯހެއް އޮންނަންވީ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް