އެކެއްގެ ނަމަކީ މަރީތާ ޕީޓާސް އެވެ. އަނެކެއްގެ ނަމަކީ މަރިސްކާ ނެލް އެވެ. މި ދެ ކަނބަލުން ނިސްބަތްވަނީ އެކުވެރި އަރަބި އިމާރާތަށެވެ.
އެ ގައުމުގެ ރައްޔިތުން ކުންޏަށް ހޭލުންތެރި ކުރުވުމަށް މި ދެ ކަނބަލުން މިވަނީ ވަރަށް ތަފާތު ކެމްޕޭނެއް ފަށައިފަ އެވެ.
އެ ކެމްޕޭނުގެ ދަށުން މި އަހަރުގެ އާތު އަވާ އިން ފެށިގެން 2022 ވަނަ އަހަރުގެ އާތު އަވާ އާއި ހަމައަށް މި ދެކަނބަލުން ނިންމާފައިވަނީ އެމީހުން ލައިގެން އުޅޭ ހެދުންވެސް ކުނި ބޭނުންކޮށްގެން ފަރުމާ ކުރުމަށެވެ. ދާ ކޮންމެ ތާކަށްވެސް ކުނި ހިފައިގެން ދިއުމަށެވެ.
މި ދެ ކަނބަލުން ބުނެފައިވަނީ މި ކެމްޕޭނުގެ ދަށުން އަންގައިދޭން ބޭނުންވަނީ ކުންޏާއެކު ދިރިއުޅުމަކީ ފަސޭހަކަމެއް ކަމުގައި ނުވާއިރު ރެޑިއުސްކޮށް ރީޔޫސްކުރުމުގެ އާދަ އެގައުމުގެ ފަރުދުންގެ ކިބައިގާ އަށަގަންނުވަން ވެއްޖެކަން ކަމަށެވެ.
މި ދެކަނބަލުން އަންނަނީ މި ދެކަނބަލުން ކުރިއަށްގެންދާ ކެމްޕޭނުގެ އެންމެ ފަހުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ކުނިން ސަލާމަތްވުމަށް 2030 ވަނައަހަރަށް އެ ގައުމު އަމާޒުހިފާފައިވާއިރު 2016 ވަނަ އަހަރުކޮށްފައިވާ ދިރާސާއެއްގައި ދައްކާފައިވާގޮތުގައި އެ ގައުމުގެ ކޮންމެ މީހެއްގެ ނިސްބަތުން ދުވާލަކު އެވްރެޖް ގޮތެއްގައި 2.3 ކިލޯ ކުނި އުފައްދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް