މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ފުލުހުން ހިންގި ތަހުގީގަށްފަހު ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މަސްތުވާތަކެއްޗާބެހޭ ގާނ...

15 Mar 2026 | 12:03
ބަންގްލަދޭޝް، އެމް.ޑީ ސޮހަބް މިއަ /ފޮޓޯ: ޕޮލިސް

ބަންގްލަދޭޝް، އެމް.ޑީ ސޮހަބް މިއަ /ފޮޓޯ: ޕޮލިސް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި

މައްސަލައެއްގައި، ފުލުހުން ހިންގި ތަހުގީގަށްފަހު ބަންގްލަދޭޝްގެ ރައްޔިތަކު

އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަސްތުވާތަކެއްޗާބެހޭ

ގާނޫނުގެ ދަށުން މި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ

ސޮހަބް މިއަގެ މައްޗަށެވެ.

މި މައްސަލައަކީ 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް

ބަންގްލާ އެއާލައިންސްގެ  BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާ ހިފެހެއްޓި މައްސަލައެކެވެ. އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ވަނީ ފެނިފައެވެ. އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަމަށް ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން

ހިންގި ތަހުގީގުގައި، ހެކި އެއްކުރުމާއި، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން

މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ

އެންމެހައި ހެކިތައް ވަނީ ހުށަހަޅާފައެވެ. ފުލުހުންގެ ތަހުގީގަށް ބިނާކޮށް،

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލީ ޖަދުވަލު 1

ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، އެމް.ޑީ

ސޮހަބް މިއަގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި

މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު

ކެނޑުމަށްފަހު، 23 އަހަރާއި 3 މަހާއި 25 ދުވަހަށް އޭނާ ޖަލަށްލުމަށާއި، 100،000 ދިވެހި

ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިއީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނާއި

ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ

މަސައްކަތްތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ

ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް

ހާއްސަ މަސައްކަތްތަކެއް ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް