ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ހަތް ހާސް ފްލެޓު ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ދިއުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ފްލެޓު މައްސަލަ ބަލާ ކޮމިޓީގެ ފަރާތުން ރައީސް އޮފީހުން މިއަދު ބުނީ ވަގުތީ ގޮތުން އެ މަސައްކަތް ހުއްޓާލީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ކަމަށެވެ. މިގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަސް ރާއްޖޭގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އަލުން އެ މަސައްކަތް ފެށުމުގެ ކުރިން އާންމުންނަށް އެކަން އަންގާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އެންމެންނަށް ފްލެޓު ލިބޭނެ ކަމަށެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން އެޗްޕީއޭއިން ވަނީ ގިނަ މީހުން ކައިވެރި ނުވަތަ އެއްވެ އުޅޭ ތަންތަނަށް ގޮސް ނެހެދުމަށް އިލްތިމާސްކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ11 މީހަކު ފެނިފައިވެ އެވެ. އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް