ކުޅުދުއްފުށީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް "ސީ ކުއީން" ނަމަކަށް ކިޔާ ބޯޓުގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ. ސިފައިން ބުނެފައިވަނީ މި ހާދިސާ ...

15 Mar 2019 | 11:25

ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް "ސީ ކުއީން" ނަމަކަށް ކިޔާ ބޯޓުގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

ސިފައިން ބުނެފައިވަނީ މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:28 ހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައިވާކަމަށާއި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މިއަދު 13:16 ހާއިރު ކަމަށް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ބޯޓުގައި ރޯވި އަލިފާން ނިއްވާލި ނަމަވެސް އިންޖީނު ރޫމުގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ދުން ބޭރުކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައި ކަމަށާއި އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގައި ހޫނު ހިފާފައިވާތީ ފެން ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ބޯޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް