ތ. ތިމަރަފުށީގައި ދުއްވި ބަހެއް ފުރޮޅާލައި އެ ބަހަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ބަސް ފުރޮޅާލާފައިވަނީ ތިމަރަފުށީ އެއާޕޯޓަށްދާ މަގުމަތީގައި ކަމަށެވެ. 14:45 ހާއިރު މި ހާދިސާ ހިނގި އިރު ބަހުގައި ދެމީހަކު ތިބި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ ބަހުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް އެކިވަރުގެ ގެއްލުން އެ ބަހަށް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް