ނިއުޒިލެންޑް ދެ މިސްކިތަކަށް ދިން ހަމަލާ – 40 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވޭ

ނިއުލޭންޑްގައި ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ކްރައިސްޓްޗާޗް ސަރަހައްދުގައި ދެ މިސްކިތަކަށް ބަޑީގެ ހަމަލާތަކެއް ދީ 40 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގ...

15 Mar 2019 | 07:30

ނިއުލޭންޑްގައި ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ކްރައިސްޓްޗާޗް ސަރަހައްދުގައި ދެ މިސްކިތަކަށް ބަޑީގެ ހަމަލާތަކެއް ދީ 40 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދުގައި ހުންނަ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައެވެ.

އެއީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސަރަހައްދެއް ނަމަވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މި ހާދިސާގައި ދިވެއްސަކަށް ކަމެއްވިކަން އަދި އެނގިފައެއް ނުވެއެވެ. އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި އެގައުމުގެ ބޮޑުވަޒީރު ޖަކިންޑާ އާޑަން ސިފަކުރައްވާއިރު މި ހަމަލާގައި ބަޑީގެ ހަމަލާތަކުން ޒަހަމްވި 48 މީހަކަށް ފަރުވާ ދެމުން އަންނަ ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ބައެއް ކުޑަކުދިންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

މި ހަމަލާތަކާއިގުޅިގެން އެ ސަރަހައްދުގެ ނެޝަނަލް ސެކިއުރިޓީ ލެވެލް ވަނީ ވަރުގަދަކޮށްފައެވެ. މި ހަމަލާ ދިނީ އެންމެ މީހަކު ނޫން ކަމަށް ބުނެފައިވާއިރު ބަޑީގެ ހަމަލާ ދިން މީހުން ވަނީ އެމީހުންގެ އެ ހަމަލާތައް ވީޑިއޯ ސްޓްރީމްކޮށް ލައިވް ކޮށްފައެވެ. ރިޕޯޓްތަކުގައި ސިފަކޮށްފައިވަނީ ބެޓަލް ފީލްޑް ގޭމެއް ކަމުގައިވާ ޕަބްޖީގެ މަންޒަރުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިހާތަނަށް މި ހަމަލާތަކާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އެ ހަތަރު މީހުންނަކީ ކުށުގެ ރެކޯޑެއް މިހާތަނަށް ނެތް މީހުން ކަމަށްބުނެފައިވެއެވެ. އެތަނުން އެކަކީ އޮސްޓްރޭލިޔާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް