މުހައްމާ އާއެކު ވަލީދާވެސް ހައްޔަރު ކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރޭން މުހައްމާ ހައްޔަރު ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ވިމެންސް ވިންގުގެ ލީޑަރު ވަލީދާ ވަލީދުވެސް ހައްޔަރު ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތު...

15 Mar 2018 | 18:48

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރޭން މުހައްމާ ހައްޔަރު ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ވިމެންސް ވިންގުގެ ލީޑަރު ވަލީދާ ވަލީދުވެސް ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މުހައްމާ އަދި ވަލީދާގެ އިތުރުންވެސް ތިން އަންހެނަކު މިރޭ ހައްޔަރު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި މުޒާހަރާތަކުން އާންމުކޮށް ފެންނަ "ނައީމައްތަ" އަދި އެމްޑީޕީގެ ސެކްރެޓޭރިއަޓް ސްޓާފް އައިޝަތު ވަހީދު އެމްޑީޕީ ވިމެންސް ވިންގުގެ މެމްބަރު ޒަހުރާ މޫސާ ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެމްޑީޕީ ޔޫތު ވިންގުގެ މެމްބަރު މައިމޫން ވެސް މިރޭގެ މުޒާހަރާގެ ތެރޭން ހައްޔަރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް