މުޒާހަރާގައި ބައިވެރިނުވުމަށް ކައުންސިލަރުންނަށް އެލްޖީއޭއިން އިލްތިމާސް ކޮށްފި

ގާނޫނާ ހިލާފަށް ބޭއްވޭ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލަރުންނަށް އިލްތިމާސް ކޮށްފި އެވެ. އެލްޖީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިރޭ...

15 Mar 2018 | 18:20

ގާނޫނާ ހިލާފަށް ބޭއްވޭ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލަރުންނަށް އިލްތިމާސް ކޮށްފި އެވެ.

އެލްޖީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިރޭ ނެރެފައިވާ ދެންނެވުމެއްގައި އެވެ.

އެލްޖީއޭއިން ބުނެފައިވަނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކުގައި ބައެއް ކައުންސިލަރުން ބައިވެރިވާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

ގާނޫނާ ހިލާފަށް ބޭއްވޭ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި އެފަދަ އެއްވެސް ކަމަކަށް ހިތްވަރު ލިބޭ އަމަލެއް ނުކުރުމަށް އެންމެހައި ކައުންސިލްތަކަށާއި ކައުންސިލަރުންނަށް އިލްތިމާސް ކުރާކަމަށް އެލްޖީއޭއިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް