އަމީތު، މާރިޔާ، އަލީ ހުސެއިން ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ބައެއް ފަރާތްތައް ދޫކޮށްލައިފި އެވެ. އެގޮތުން ރޭ ހައްޔަރުކުރި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ...

15 Mar 2018 | 17:57

އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ބައެއް ފަރާތްތައް ދޫކޮށްލައިފި އެވެ.

އެގޮތުން ރޭ ހައްޔަރުކުރި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރު އަސްލަމްވެސް ވަނީ ދޫކޮށްލާފަ އެވެ.

ރޭގެ މުޒާހަރާއިން އެ މެމްބަރުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ވެ އެވެ.

މި މެމްބަރުން ދޫކޮށްލާފައިވާއިރު އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މީހުން ހައްޔަރު ކުރެ އެވެ. ބައެއް މީހުހުން ދޫކޮށްލާއިރު ބައެއް މީހުން ބަންދުގައި ބައިތިއްބަ އެވެ. އެގޮތުން ބަންދުގައި ބައިތިއްބާ މީހުންނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުން ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް