ގާނޫނީ ވަކީލު މަހްފޫޒް ސައީދު، އައްޔަންވެފައިވާ މައްސަލަތަކުން ސަސްޕެންޑް ކޮށްފައިވާކަން ފުލުހުން އަންގާފައިވާކަމަށް އޭނާ ބުނެފައިވާއިރު ފުލުހުން މިވަގުތު ތަހުގީގު ކުރާ މައްސަލަތަކުގައި މަހްފޫޒަށް ބައިވެރި ނުވެވޭނެކަން ވާނީ އަންގާފައި ކަމުގައި ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މަހްފޫޒް ސައީދުގެ އަމަލުތައް ހުރުމުގެ ސަބަބުން ފުލުހުން މިވަގުތު ތަހުގީގު ކުރމުންދާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ނުކުރެވޭނެކަން އަދި ބައިވެރި ނުވެވޭނެކަން މަހްފޫޒް ސައީދަށް އަންގާފައިވާނެ ކަމަށެވެ.
މަހްފޫޒް ސައީދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައްޔަން ވެފައިވާ ހުރިހާ މައްސަލަތަކުން ސަސްޕެންޑް ކުރެވުނު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެންމެ އަންގައި ކަމަށެވެ. އަދި ސަބަބެއް ނާންގާ ކަމަށެވެ.
https://twitter.com/MahfuzSayd/status/974322742118907904
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް