ގދ ގައްދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ މިރޭ ގދ ގައްދޫގައި މިއަދު ހަވީރު ސައިކަލަކުން އުމުރުން ދުވަސްވީ މީހެއްގެ ގައިގާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. އަދި އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކް ލިބިފައިވާއިރު އޭނާ މިހާރު ނިޔާވެފައިވާކަމަށެވެ.
"އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ 17:40 ހާއިރު، އެކްސިޑެންޓް ވި ސައިކަލު ދުއްވަން އިން 20 އަހަރުގެ އަދި 19 އަހަރުގެ މީހާވެސް ޒަހަމްވެފައިވާކަމަށް" ފުލުހުން ބުނެފައިވެ އެވެ.
ހަވީރު ހިނގި މި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައިވެސް މީހަކު ނިޔާވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް