ކާރެއްގައި ރޯކޮށްލަން އުޅޭ ކަމުގެ ތުހުމަތުގައި މިރޭ މީހަކު މިރޭ މާލޭން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ކާރެއްގައި ރޯކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް