ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އުވައިސް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، މާފަންނު ފޭމަންސް އިބްރާހީމް އުވައިސް ޢައްޔަނުކުރައްވައިފިއެވެ. އިބްރާހީމް އުވައިސަށް މަޤާމު...

15 Mar 2018 | 11:16

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، މާފަންނު ފޭމަންސް އިބްރާހީމް އުވައިސް ޢައްޔަނުކުރައްވައިފިއެވެ.

އިބްރާހީމް އުވައިސަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ޖަޕާނުގެ ސަފީރު ކަމަށް މ. ފޭމަންސް، އިބްރާހީމް އުވައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި އެވެ. އުވައިސް އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންގެ 31 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް