ފުލުހުން ނަމުގައި ދައްކާ ވީޑިއޯގައި އެއްވެސް އޮއްޓަރެއް ނެތް: ފުލުހުން

ދިވެހި ފުލުހުންގެ ޔުނީފޯމު ކަމަށް ބެލެވޭ ޔުނީފޯމެއްގައި ތިބި ތިން މީހަކު ސަރުކާރަށް އިންޒާރުތަކެއް ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު އެވީޑިއޯ އަކީ އެއްވެސް އޮއްޓަރެ ހުރި ވީޑިއޯއެއް...

15 Mar 2018 | 10:31

ދިވެހި ފުލުހުންގެ ޔުނީފޯމު ކަމަށް ބެލެވޭ ޔުނީފޯމެއްގައި ތިބި ތިން މީހަކު ސަރުކާރަށް އިންޒާރުތަކެއް ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު އެވީޑިއޯ އަކީ އެއްވެސް އޮއްޓަރެ ހުރި ވީޑިއޯއެއް ނޫން ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

"އެފަދަ ދަންތުރައެއްގައި ފުލުހުން ނުޖެހޭނެ، ގާނޫނީ ވާޖިބު ފުލުހުންނަށް ވަރަށް ސާފު" ފުލުހުންގެ ތަރުޖަމާނު ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ 16ގައި ބާއްވަން އުޅޭ މުޒާހަރާއަށް ފުރުސަތު ނުދޭނެ ކަމަށާއި އެއްވުމެއް ބޭއްވުމުގެ ހުއްދައަށްވެސް އެދިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް